Nitrogen: A Global Challenge (Maldivian)
About this Course
މިއީ ހަމަ ހަގީގަތުގައިވެސް ފުރިހަމަ ތޫފާނެކެވެ. ކާބޯތަކެތި ލިބުމުގެ ދަތިކަމާއި، އެއް މިންވަރަށް މި އިތުރުވަމުންދާ އާބާދީއަށް ހަކަތަ ނުލިބުމާއި ގައްވު ހޫނުވުމަކީ މި ތޫފާން އިތުރަށް ވަރުގަދަ ކުރުވާ ކަންތައްތަކެވެ. މި ހުރިހާ ދުނިޔަވީ ގޮންޖެހުންތަކުގައި ނައިޓްރޮޖަން ވަރަށް މުހިއްމު ރޯލެއް އަދާކުރެއެވެ. މި ކޯހުން ދަސްވެގެންދާނީ އިންސާނިއްޔަތަށް ނައިޓްރޮޖަންގެ ބޭނުން ހުރި މިންވަރާއި މުސްތަގުބަލުގައި ނައިޓްރޮޖަން ވާނީ އިންސާނުންނަށް ހުރި ރައްކަލެއްތޯ ނުވަތަ ނުރައްކަލެއްތޯއެވެ. ނައިޓްރޮޖަންގެ ވާހަކައަކީ ވަރަށްވެސް އާދަޔާ ޚިލާފު ވާހަކައެކެވެ. ފެން ރަތްވެ، މީހުން ނޫވާ ކަމަށް ބުނާ ވާހަކައެކެވެ. މޫސުމީ ނިޒާމުތަކާއި ތަޣައްޔަރުކަން، ބޮޑެތި ޖާފަތްތަކާއި ބަނޑުހައިހޫނުކަމުގެ ވާހަކަތަކެވެ. ނައިޓްރޮޖަންއަކީ ހަމަ އެކަނި ޕީރިއަޑިކް ތާވަލުގައި ހިމެނޭ އެހެން ކެމިކަލް އުންޞުރުތަކެކޭ އެއްފަދަ އާދައިގެ އުންޞުރެއް ކަމުގައި ހީކުރަނީ ނަމަ، ނައިޓްރޮޖަންއާއި ދޭތެރޭ އަލުން ވިސްނާލުން ރަނގަޅެވެ. މީގެ ކުރިން ކޮންމެ ރޮނގަކުން ތަޢުލީމު ހާސިލުކޮށްފައިވީނަމަވެސް، މި ކޯހުގެ ޒަރިއްޔާއިން ނައިޓްރޮޖަންއާއި ގުޅޭ އާއްމު މަޢުލޫމާތުތަކާއި ނައިޓްރޮޖަންއާއި ގުޅުންހުރި ދުނިޔަވީ ބަދަލުތައް ދެނެގަނެ، ނައިޓްރޮޖަންއާއި ގުޅިގެން ދިމާވާ ގޮންޖެހުންތަކާއި މި ކަންތަތަކަށް ހައްލު ހޯދާނެގޮތް ދަސްވެގެންދާނެއެވެ. މައިގަނޑު މަޢުލޫ ތަކުގެ ތެރޭގައި، ކާބޯތަކެތި ލިބުމުގެ ރައްކާތެރިކަން، މޫސުމީ ބަދަލުތައް، ވައި ތަޢައްޔަރުވުން، ފެން ތަޢައްޔަރުވުން، އިންސާނީ ސިއްޙަތު އަދި މިނޫންވެސް އިތުރު މަޢުލޫތައް ހިމެނެއެވެ. ޔުނިވަރސިޓީ އޮފް އެޑިންބަރާގެ ފަހުރުވެރި ވަނަތަކެއް ހާސިލުކޮށްފައިވާ ފެކަލްޓީ ޓީމާއި އެކު އުނގެނުމުގެ ފުރުސަތު މި ކޯހުން ލިބިގެންދާނެއެވެ. މި ކޯހުގެ ޒަރިއްޔާއިން އިލްމުވެރިންގެ ޚިޔާލާއި އެއްގޮތަށް ނައިޓްރޮޖަންގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އޭގެ ސަބަނުން އިންސާނީ ދިރިއުޅުމަށް ދިމާވެދާނެ ނުރައްކާތައް ދެނެގަނެ، އެކަންކަން ހައްލުކޮށް އެކަންކަމާ ކުރިމަތިލާނެ ގޮތްތައް ދަސްވެގެންދާނެއެވެ. މިއީ 'ނިއުޓަން-ބާބާ ވަރޗުއަލް ސެންޓަރ އޮން ނައިޓްރޮޖަން އެފިޝަންސީ'ގެ އިންޑިއާއި އަދި އިނގިރޭސި ވިލާތުގެ ތަޖުރިބާކާރުން ގުޅިގެން އުފައްދާފައިވާ، މިފަދަ ދުނިޔޭގެ ފެންވަރުގެ ފުރަތަމަ ކޯހެވެ. މި ކޯސް ކިޔަވައިދޭނީ ނައިޓްރޮޖަން އާއީ ތަހުލީލުގެ ދާއިރާއިން އެތައް އަހަރެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ފަރާތްތަކެވެ.Created by: The University of Edinburgh
Level: Introductory

Related Online Courses
A transition to sustainable energy is needed for our climate and welfare. In this engineering course, you will learn how to assess the potential for energy reduction and the potential of renewable... more
Climate change is arguably the greatest challenge of our time. Human activity has already warmed the planet by one degree Celsius relative to pre-industrial times, and we are feeling the effects... more
Electric cars are more than a novel means of mobility. They have been recognized as an essential building block of the energy transition. Fulfilling their promise will imply a significant change in... more
La Universidad Galileo junto con el Programa Energías Renovables y Eficiencia Energética (4E) en Centroamérica que implementa la GIZ, desarrolló este curso con el objetivo de promover la “Di... more
Final exam covering content from the first three coursesCreated by: Harvard UniversityLevel: Introductory more