Nitrogen: A Global Challenge (Maldivian)

About this Course

މިއީ ހަމަ ހަގީގަތުގައިވެސް ފުރިހަމަ ތޫފާނެކެވެ. ކާބޯތަކެތި ލިބުމުގެ ދަތިކަމާއި، އެއް މިންވަރަށް މި އިތުރުވަމުންދާ އާބާދީއަށް ހަކަތަ ނުލިބުމާއި ގައްވު ހޫނުވުމަކީ މި ތޫފާން އިތުރަށް ވަރުގަދަ ކުރުވާ ކަންތައްތަކެވެ. މި ހުރިހާ ދުނިޔަވީ ގޮންޖެހުންތަކުގައި ނައިޓްރޮޖަން ވަރަށް މުހިއްމު ރޯލެއް އަދާކުރެއެވެ. މި ކޯހުން ދަސްވެގެންދާނީ އިންސާނިއްޔަތަށް ނައިޓްރޮޖަންގެ ބޭނުން ހުރި މިންވަރާއި މުސްތަގުބަލުގައި ނައިޓްރޮޖަން ވާނީ އިންސާނުންނަށް ހުރި ރައްކަލެއްތޯ ނުވަތަ ނުރައްކަލެއްތޯއެވެ. ނައިޓްރޮޖަންގެ ވާހަކައަކީ ވަރަށްވެސް އާދަޔާ ޚިލާފު ވާހަކައެކެވެ. ފެން ރަތްވެ، މީހުން ނޫވާ ކަމަށް ބުނާ ވާހަކައެކެވެ. މޫސުމީ ނިޒާމުތަކާއި ތަޣައްޔަރުކަން، ބޮޑެތި ޖާފަތްތަކާއި ބަނޑުހައިހޫނުކަމުގެ ވާހަކަތަކެވެ. ނައިޓްރޮޖަންއަކީ ހަމަ އެކަނި ޕީރިއަޑިކް ތާވަލުގައި ހިމެނޭ އެހެން ކެމިކަލް އުންޞުރުތަކެކޭ އެއްފަދަ އާދައިގެ އުންޞުރެއް ކަމުގައި ހީކުރަނީ ނަމަ، ނައިޓްރޮޖަންއާއި ދޭތެރޭ އަލުން ވިސްނާލުން ރަނގަޅެވެ. މީގެ ކުރިން ކޮންމެ ރޮނގަކުން ތަޢުލީމު ހާސިލުކޮށްފައިވީނަމަވެސް، މި ކޯހުގެ ޒަރިއްޔާއިން ނައިޓްރޮޖަންއާއި ގުޅޭ އާއްމު މަޢުލޫމާތުތަކާއި ނައިޓްރޮޖަންއާއި ގުޅުންހުރި ދުނިޔަވީ ބަދަލުތައް ދެނެގަނެ، ނައިޓްރޮޖަންއާއި ގުޅިގެން ދިމާވާ ގޮންޖެހުންތަކާއި މި ކަންތަތަކަށް ހައްލު ހޯދާނެގޮތް ދަސްވެގެންދާނެއެވެ. މައިގަނޑު މަޢުލޫ ތަކުގެ ތެރޭގައި، ކާބޯތަކެތި ލިބުމުގެ ރައްކާތެރިކަން، މޫސުމީ ބަދަލުތައް، ވައި ތަޢައްޔަރުވުން، ފެން ތަޢައްޔަރުވުން، އިންސާނީ ސިއްޙަތު އަދި މިނޫންވެސް އިތުރު މަޢުލޫތައް ހިމެނެއެވެ. ޔުނިވަރސިޓީ އޮފް އެޑިންބަރާގެ ފަހުރުވެރި ވަނަތަކެއް ހާސިލުކޮށްފައިވާ ފެކަލްޓީ ޓީމާއި އެކު އުނގެނުމުގެ ފުރުސަތު މި ކޯހުން ލިބިގެންދާނެއެވެ. މި ކޯހުގެ ޒަރިއްޔާއިން އިލްމުވެރިންގެ ޚިޔާލާއި އެއްގޮތަށް ނައިޓްރޮޖަންގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އޭގެ ސަބަނުން އިންސާނީ ދިރިއުޅުމަށް ދިމާވެދާނެ ނުރައްކާތައް ދެނެގަނެ، އެކަންކަން ހައްލުކޮށް އެކަންކަމާ ކުރިމަތިލާނެ ގޮތްތައް ދަސްވެގެންދާނެއެވެ. މިއީ 'ނިއުޓަން-ބާބާ ވަރޗުއަލް ސެންޓަރ އޮން ނައިޓްރޮޖަން އެފިޝަންސީ'ގެ އިންޑިއާއި އަދި އިނގިރޭސި ވިލާތުގެ ތަޖުރިބާކާރުން ގުޅިގެން އުފައްދާފައިވާ، މިފަދަ ދުނިޔޭގެ ފެންވަރުގެ ފުރަތަމަ ކޯހެވެ. މި ކޯސް ކިޔަވައިދޭނީ ނައިޓްރޮޖަން އާއީ ތަހުލީލުގެ ދާއިރާއިން އެތައް އަހަރެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ފަރާތްތަކެވެ.

Created by: The University of Edinburgh

Level: Introductory


Related Online Courses

Este es un curso en línea básico de construcción de obras civiles y de edificación con encofrados y cimbras. Es un curso de construcción e ingeniería que no requiere conocimientos especiales y est... more
As part of the Principles of Manufacturing MicroMasters program, this course will build on statistical process control foundations to add process modeling and optimization.Building on formal... more
Comment décrire l’écoulement d’une rivière ou d’un fleuve ? Quelle influence un rétrécissement local ou une pile de pont dans la rivière peuvent-ils avoir sur le niveau d’eau ? Quels aménagements ... more
Ce cours définit les notions de base des circuits électriques composés des trois éléments passifs (résistance, inductance et condensateur), linéaires et des sources de tension et de courant. On tra... more
This course will provide a comprehensive overview of cannabis and its applications and uses. Students will gain an understanding of various cannabis strains in addition to the differences and... more

CONTINUE SEARCH

FOLLOW COLLEGE PARENT CENTRAL